hadith book logo
Surah 95Meccan8 Ayahs

At-Tin— The Fig

095
At-Tin·1
ﭑﭒﭓ
Abu Bakr Ibrahim Ali (Bakurube)

(1) ވައްތީނި އާއި ޒައިތޫނި ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ. (މިދެއެއްޗަކީ އިންސާނުންނަށް ނުހަނު ފައިދާހުރި ދެއެއްޗެވެ. ވަރަށްގިނަ حَكِيْمُ ންބުނާގޮތުގައި ތީނަކީ ހަށިގަޑަށް އެންމެ ފައިދާކުރާމޭވޭއެވެ. އަދި ޒައިތޫންޏަކީ ވަރަށްގިނަބައެއްގެ ކެއުމަށްބޭނުންކުރާ ބަރަކާތްތެރި އެކައްޗެވެ. އަދި އޭގެތެލަކީ އެންމެ ފައިދާބޮޑު ތެލެވެ.)

At-Tin·2
ﭔﭕﭖ
Abu Bakr Ibrahim Ali (Bakurube)

(2) އަދި طُوْرُ ފަރުބަދަ ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

At-Tin·3
ﭗﭘﭙﭚ
Abu Bakr Ibrahim Ali (Bakurube)

(3) އަދި އަމާންވެގެންވާ މިރަށް (އެބަހީ މައްކާ) ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

At-Tin·4
ﭛﭜﭝﭞﭟﭠﭡ
Abu Bakr Ibrahim Ali (Bakurube)

(4) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީ އެންމެރީތި ސޫރައިގައެވެ. އެންމެރީތި ތައްގަޑަށެވެ. ގުނަވަންތައް މުނާސިބުކޮށް ރަނގަޅަށް ކޮޅަށް ހުރެވޭ ގޮތަށެވެ.

At-Tin·5
ﭢﭣﭤﭥﭦ
Abu Bakr Ibrahim Ali (Bakurube)

(5) ދެން އަދި އެންމެ ދަށުދަރަޖައަށް ތިމަންރަސްކަލާނގެ އެނާފޮނުވީމެވެ. (أرْزَلُ العُمْر) އަށް އޭނާ ފޮނުވީމެވެ. އެބަހީ މުސްކުޅިވެވާނުވާނޭގޭ ދަރަޖައަށްއޭނާ ފޮނުވަމެވެ. ނުވަތަ އެނާނުކިޔަމަންތެރިވެއްޖެއްޔާ އޭނާ ނަރަކައަށްފޮނުވަމެވެ. މިދެތަރުޖަމާވެއެވެ.