hadith book logo
Surah 99Medinan8 Ayahs

Az-Zalzala— The Earthquake

099
Az-Zalzala·1
ﭩﭪﭫﭬﭭ
Abu Bakr Ibrahim Ali (Bakurube)

(1) ބިންގަނޑު އޭގެ ތެޅިގަތުމުން ތެޅިގަނެ ބިންހެލުން އަތުވެއްޖެއްޔާއި (އެއީ ޤިޔާމަތްވުމަށްޓަކައި ފުރަތަމަ ތާޅަފިލީގެ އަޑަށް އަންނަ ޒަލްޒަލާއެވެ. ބިންހެލުމެވެ.)

Az-Zalzala·2
ﭮﭯﭰﭱ
Abu Bakr Ibrahim Ali (Bakurube)

(2) އަދި ބިންގަނޑު އޭގެ ބަނޑުގައި ވާހާތަކެތި (ބިމުގެ އެތެރޭގައިވާހާތަކެތި) ނެރެލައިފިއްޔާ (އެއީ ދެވަނަ ތާޅަފިލީގެ އަޑަށް މީސްތަކުން ކަށްވަޅުތަކުން ނުކުތުމަށެވެ.) ބިމުގައި މަރުވެ ވަޅުލެވިފައިވީ އެންމެންވެސް ދެވަނަފަހަރަށް ދިރިގެން ނިކުންނާނެއެވެ.

Az-Zalzala·3
ﭲﭳﭴﭵﭶ
Abu Bakr Ibrahim Ali (Bakurube)

(3) (ދެންފަހެ ބިންގަނޑު އެވަރަށް ތެޅިގަނެ ޙަރަކާތްވުމުން) އިންސާނާ ބުނާނެއެވެ. އެބިމަށް އެވަނީ ކިހިނެއްބާވައެވެ؟

Az-Zalzala·4
ﭷﭸﭹﭺ
Abu Bakr Ibrahim Ali (Bakurube)

(4) އެދުވަހުން- (ޤިޔާމަތްދުވަހުން-) އެބިން އެބިމުގެ ހުރިހާ ޚަބަރެއްގެ ވާހަކަ ކިޔާނެއެވެ. (ބިމުގައި ކުރި އެނމެހައި ހެޔޮކަމެއްގެ ވާހަކަ ކިޔައިދޭނެއެވެ. އަދި އެންމެހައި ނުބައި ކަމެއްގެ ވާހަކަވެސް ކިޔައިދޭނެއެވެ.

Az-Zalzala·5
ﭻﭼﭽﭾﭿ
Abu Bakr Ibrahim Ali (Bakurube)

(5) އެއީ ހަމަކަށަވަރުން ކަލޭގެފާނުންގެ رب އެބިމަށް وحي ކުރަށްވައި އިޒުނަ ދެއްވީމައެވެ. އެދުވަހުން އެސޮރު އެހުރިހާ ވާހަކަ ބަޔާންކުރާނެއެވެ.